ބަލަންވީ ވެއްޓުނީ ކިތައް ފަހަރުކަމެއް ނޫނެވެ.ބަލަންވީ ވެއްޓިފާ ތެދުވީ ކިތައް ފަހަރުކަމެވެ

Hawwa Xaha Faisal
ހައްވާ ޒަހާ ފައިސަލް
2 މަސް ކުރިން
0 މިނިޓް

އާ އަހަރެއް ފަށާއިރު ކޮންމެ މީހަކުވެސް ޕްލޭނެއް ހަދައެވެ. މީހާ ރަނގަޅުކުރަން ހަދާ މި ޕްލޭނާ އެއްގޮތަށް އަމަލުކުރެވެނީ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ. މިކަމަށް އެންމެ އުދަނގޫ ވަނީ އާދެ،ކިޔަވާ ދަރިވަރުންނަށެވެ. ކިޔެވުމަށްޓަަކާ ޕްލޭނެއް ހެދުމުގެ އާދަކާދަ ކަށީގަހިފާފާ ވިއެއްކަމަކު ޕްލޭނާ އެއްގޮތަށް އަމަލުކުރުންވަނީ ނުކުރެވިފައެވެ.
 މިހެން ގިނަ ފަހަރަށް ދިމާވަނީ ދަރިވަރުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އަބަދުވެސް ކުރާ މަސައްކަތް ފުރިހަމަ ކުރަން ބެޭނުންވާލޭ ބޮޑުކަމުންނެވެ. މިފަދަ ކަންކަމުން އަރާގަތުމަށް ކުރާނެ ކންކަން ނަންހުސްކޮށް އެބަހުއްޓެވެ. ދެއަތްއުރާލާގެން ތިބޭކަށް މިހާރަކު ނުޖެހެއެވެ. ސިދާ ލަނޑުދަނޑި ކަނޑައަޅާ ކިޔަވާ މާހައުލު ރަނގަޅުކުރެވެއެވެ.
 ހަމަެހެންމެ ފެންނަ ހިސާބުގާ ފޮތް ބާއްވާ،އާންމުކޮށްކުރާ ކަންކަމާ ޕްލޭންގެ ކަންކަން ވިއްދާލެވޭނެއެވެ. އަދި ޕލޭންގެ ކަންތައް ކުރެވޭ ވަރު ބަލަން ޓިކް ލެވޭ ބޯރޑެއް ހެދިދާނެއެވެ. އަދި ފަށަން ކޮންމެހެން ރީތި ދުވަހެއް ހޯދާނެކަމެއްނެތެވެ.މީހުން ބުނެއެއްނޫންހެއްޔެވެ؟ "ބަލަންވީ ވެއްޓުނީ ކިތައް ފަހަރުކަމެއް ނޫނެވެ. ބަލަންވީ ވެއްޓިފާ ތެދުވީ ކިތައް ފަހަރުކަމެވެ".ެއަދިވެސް ކޮބާހެވެ؟ ކިޔަަވާ މިންވަރު ބަލާ ޝީޓެއް ވެސް ހަދާށެވެ،ައދި ނޭނގޭ އެއްޗެހި ވަކި ފޮތަކަށް ނަގާށޭވެ.
 އާ އަހާރު އާ މީހަކަށް ވާން އަޒުމު ކަނޑައަލާނީ އަމިިއްލައަށްެވެ.ރައްކާވެތިބިއްޔާ ދަތުރެކެވެ.އަދި އެހެން ނޫނަކަސް ނަސީބަކީ ކަތީބަކު ދޭއެއްޗެއް ނޫންކަން ދަނެގެން ޕްލޭނެ ހަދަން އާދަކުރެވެއެވެ.

Copyright © 2025 Sofha News
Made with by Afeef & Noor