ބިންމަތިން ޞަފުޙާއެއް

Izhaan Abdul Matheen
އިޒްޙާން ޢަބްދުލްމަތީން
5 މަސް ކުރިން
0 މިނިޓް

ދުނިޔެ މި ވީހާ ތަނަށް ވެސް ދެކިފައިނުވާ ފަދަ ލީޑަރަކާ އެކީގަ މުސްލިމުންގެ ލަޝްކަރެއް އެއްފަހަރަކު ރޯމަނުންނާ ހަނގުރާމަ ކުރިއެވެ. މި ބުނި ލީޑަރަކީ ތިޔަ ކިޔުންތެރިން ވެސް ދަންނަ ފަދައިން، ޚާލިދް ބުން ވަލީދެވެ. ނަމަވެސް، ދުވަހަކު ވެސް ނުވާ ފަދައިން، އެ ހަނގުރާމަ ކޮޅަކުން ކުރެ ކޮޅަކަށް ނުޖެހި އޮންނަތާ މަސް ދުވަސް ވިއެވެ. ހަމަ އެއްގޮތަކަށް ވެސް ނަސްރު ލިބޭކަށް ނޫޅެއެވެ. 

މިކަމާ ކަންބޮޑުވެވަޑައިގެން ޙާލިދުގެފާނު، ލަޝްކަރު ތެރޭގައި ރަސޫލުﷲ ގެފާނުގެ ސުންނަތާ ޚިލާފަށް ހުރީ ކޮންކަމެއްތޯ ބެއްލެވުމަށް އެންގެވިއެވެ. ބެލި ބެލުމުން އެނގިވަޑައިގަތީ މިސްވާކް (ދިވެހިން ކިޔާ ގޮތުންނަމަ އިރާކް ދަނޑި) ހުސްވެފައި ވާ ކަމެއެވެ. އެހެންވެ އަވަހަށް އެ ގެނައުމަށް އެކަލޭގެފާނު ޢަމުރު ކުރެއްވިއެވެ. 

ހަމަ އެރޭ ރޯމަނުންގެ ފަރާތުން ސިޓީފުޅެއް ވެސް ލިބިވަޑައިގެންފިއެވެ. ސިޓީގައި ހަނގުރާމައިން ގަދަ ނުވި ކަމަށާއި އޭތިމީތި ލިޔެފައިވެއެވެ. ޚާލިދް ގެފާނު ކޯފާ އިސްކުރައްވާ، ޖަވާބުގައި ލިޔުއްވީ ދެން ފަށާނީ ކަލޭމެން ރޯމަނުންގެ ލޭބޯން ކަމުގައެވެ. (އަހުރެމެން ކިތަންމެ ބިރުގަތަސް، އެބޭކަލުންގެ ހަގުރާމައިގެ ޖޯޝް މި ހުންނަނީއެވެ.)

ޖެހިގެން އައިދުވަހު ލަޝްކަރު އެތުރުމަށްފަހު ހަނގުރާމަ ނުފެށެނީސްމިސްވާކްތައް މުސްލިމުންނާ ހަމައަށް އަތުވެއްޖެއެވެ. ޚާލިދުގެފާނުގެޢަމުރުފުޅަށް، ކޮންމެ ބޭކަލަކު އޭގެން ދަނޑިކޮޅެއް އަނގަޔަށް ލައްވައިގެން ހުންނަވައިފިއެވެ.
ރޯމަނުންގެ ވެރިޔާއަށް މުސްލިމުން ކޮންމެ މީހަކު އަނގަޔަށް ދަނޑިއެއްލައިގެން ތިއްބަވަނިކޮށް ފެނި، ޖެހިލުންވެ ބިރުހީވެއްޖެއެވެ. ހީވީ، ރޭގައި އެއައި ސިޓީގައި އޮތްހެން މުސްލިމުން ތިމަންމެންގެ ލޭ ހަމަ މިއަދުބޯނެހެނެވެ. މިހާރުވެސް އެތިބީ ކާ ތަކެތި ހުސްވެގެން ދަނޑިކާށެވެ.

މަސް ދުވަސް ވަންދެން ނަސްރު ނުލިބި އޮތް ހަނގުރާމަ މިދުވަހު އެއްވެސްހަނގުރާމައަކާ ނުލާ މުސްލިމުން ކާމިޔާބު ކުރިއެވެ. އެދުވަހު ރޯމަނުންބިރުން، ބަލި ޤަބޫލުކުރީއެވެ.

ކުދިންނޭވެ! މި ހުންނަނީ ސުންނަތުން އެންމެ ކަމަކު ހިފާލީމަ ވީ ފައިދާއެވެ. އެކަމަކު އަހަރެމެން އޭގައި ނުހިފާންވެގެން ހަމަ މި ފައިމުޑި ވިއްދަނީއެވެ.


-ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ އިން ނަގާފައި-

Copyright © 2025 Sofha News
Made with by Afeef & Noor