ދަ ކިންގްސް ޖެެޓީ :ރަސްގެތީމަށް ލިބުނު ޖަވާހިރެއް

Hawwa Xaha Faisal
ހައްވާ ޒަހާ ފައިސަލް
5 މަސް ކުރިން
0 މިނިޓް

ހުދު ސާލެއްފަދަ ދޮންވެލިގަނޑަކާ ފެހިކަންގަދަ ގަސްތަކަކުން އުފެދިފައިވާ ރަސްގެތީމަކީ މާޅޮސްމަޑުލު އުތުރުބުރީގައި އޮންނަ ރަށެކެވެ. އެމްއާރޑިސީ އިން މި ރަށުގައި 2017 ގައި ބިނާކޮށްފައިވާ  ޖެޓީ އަކީ މި ރަށުގެ ކުދިބޮޑު އެންމެންގެ ދުލުން އެމީހުންނަށް ލިބުނު ޖަވާހިރެކެވެ. ގިނަ ރައްޔިތުން ބުނާ ގޮތުގާ ރަސްގެތީމުގާ ބިނާކުރެވުނު ޖެޓީއާއެެކު މަސްވެރިކަން އައީ އެއްގަމަށެވެ.މި ޖެޓީ އަށް ނަންދެވިފައިވަނީ 'ދަ ކިންގްސް ޖެޓީ'ގެ ނަމުންނެވެ.

ހުޅަނގުގެ ނުރައޮކާތެރި މޫސުމުގާ ކުރިމަތިވި ހިތާމަވެރި ކާރިސާއަކަށްފަހު މި ޖެޓީ ބިނާކުރެވުނީ ލަފާފުރުމުގެ މަގްސަދުގައެވެ. ލަފާ ފުރުމަށް ޖެޓީގެ ސަބަބުން ރައްކާތެރި ބަދަލެއް އައެވެ.މީގެ އިތުރުން ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ހައިރާންކުރަނިވި ތަރައްޤީ އެއް އައެވެ. މައިންބަފައިންގެ އަތުގަހިފާގެން ދާ ކުޑަކުދިންނުން ފެށިގެން ޒަމާންވި ހަރުމީހުންގެ މެެދުގައި ޖެޓިވަނީ މަގުބޫލުވެފަެވެ. ބިންދާލާ ބޮޑެތި ރާޅުތަކާ މަސްވެރިން ކުރާ ހަނގުރާމަތަކުން މިންޖުވެ ފައި ތެންމާނުލާ އަންހެނަކަސް ފިރިހެނަކަސް ޖެޓީގައި މަސްބޭނެއެވެ.

 

ގޭގައި ގަރުދިޔަކައްކަން އުދާފައިވެސް ޖެޓީއަށް މަސް ބަލާދިއުމުގެ ފުރުސަތު މީހުންނަށްއޮވެއެވެ. ޖެޓީ ހަދާފައި ވަނީ ރަށުގެ އިރުމަތީފަރާތުގައެވެ. ލައިންކާނެ އެއްޗެއް ނެތިގެން ދެއަތްއުރާލާފާ ހުންނާކަށް ނުޖެހެއެވެ. ރެއާދުވާލުގެ ކޮންމެވަގުތެއްގަވެސް ޖެޓީއަށް ނަޒަރު ހިންގާލާފިއްޔާ މީހުން މަދެއްނުވާނެއެވެ. ރައްކާތެރި ދަތުރުފަތުރުކުރެވި މަސްވިއްކާގެން ލިބޭ އާމްދަނީ އިތުރުވެއެވެ. މޖެޓީގެ  ވަށައިގެން ހެދިފައިވާ މުރަކަ ބަގީޗާތަކަށް މީހުންގެ ސަމާލުކަން ލިބި ގަވާދުން އެތަން ސާފުކުރުމަށް މަެދުވެރިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން،އަދި ކިއެއްތަ؟ ރާއްޖޭން ބޭރުގެ މަދު އަދަދެއް ނަމަވެސް ފަތުރުވެރިންްވެސް މި ޖަވާހިރެއްފަދަ ޖެޓީއަށް ޒިޔާރަތްކުރެއެވެ. އެކުވެރިކަމާ އެއްބައިވަންތަކަންވެސް ޖެޓީގެ ސަބަބުން އިތުރުވިކަމަށް ރައްޔިތުން ބުނެއެވެ.

 

ކިންގްސް ޖެޓީވެގެންދިޔައީ   ރަށް ކުރިއަރާ  ތަރައްޤީވުމަށް ދިއްލާލެވުނު ދަންމަރަކަށެވެ. ތަހުޒީބާ ތަމައްދުނަށް ކޮށާލެވުނު އާ ފަހި މަގަކަށެވެ. 

Copyright © 2025 Sofha News
Made with by Afeef & Noor