ގައުމުގެ ކުރިމަގު ބައްޓަންކުރުމުގެ ޒިންމާ މަތިކުރެވިފައިވަނީ އެގައުމެއްގެ ޒުވާނުންގެ އަތްމައްޗަށެވެ. އާނއެކެވެ. ޒުވާނުންގެ ވިސްނުމަކީ ވަރަށް ފުޅާ އެއްޗެކެވެ. އެ އުމުރުގައި ސިކުނޑި މަސައްކަތްކުރާލެއް ވަރަށް ރަނގަޅެވެ. ޒުވާނުންނަށް، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ލިބިދާނެ ފައިދާތައް ވަރަށް ފަސޭހައިން ނަގުލުކުރެވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ މިހާރަށްވުރެ އިތުރު ކުރާންޖެހެއެވެ.
ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރު ކުރެވޭނީ ރަށްރަށުގެ ކައުންސިލްތަކަށް ޒުވާނުން ނަގައިގެނެވެ. އެގޮތުން، ރަށު ކައުންސިލްގެ ރައީސްކަމަށް ޒުވާނުންނެވެ. ނައިބު ރައީސްކަމަށް ވެސް ޒުވާނުންނެވެ. ޒުވާނުންގެ ވިސްނުން ބައްޓަންކުރެވިފައި ހުންނަނީ ކުރިމަގުގެ އުޖާލާކަމާމެދުއެވެ. އެހެންވެ، ރަށު ކައުންސިލަށް ޒުވާނުން ނެގުމުން އެ ޒުވާނުން ރަށް ތަރައްގީކުރުމަށް މަސްއަކަތް ކުރާނެއެވެ. އެހެންކަމުން، ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުރުކުރެވޭނީ، ރަށު ކައުންސިލްގެ މަޤާމުތަކަށް ޒުވާނުން ނަގައިގެން ކަމާމެދު ޝައްކެއްނެތެވެ.
ދިވެހިރާއްޖޭގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ މިހަރަށްވުރެ އިތުރުކުރެވޭނީ ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތު ދިރުވައި އާލާ ކޮށްގެނެވެ. އެގޮތުން، ދިވެހި ޒުވާނުންނަށް އަހަރެމެންގެ ކާބަފައިން ދިވެހިރާއްޖެ ކުރިއަރުވައި ތަރައްގީކުރުމަށް ގެންގުޅުނު އުކުޅުތައް ކިޔައިދެވޭނެއެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ތިން ބެއިން ކުރެއްވި ވަރުގަދަ ޖިހާދުގެ ވާހަކަ ވެސް ކިޔައިދެވޭނެއެވެ. ހަމަ އެބީދައިން، ދިވެހިންގެ މާދަރީބަހުގެ ތާރީޚުވެސް އެ ޒުވާނުންނަށް ކިޔައިދެވޭނެއެވެ. އެހެނީ، އޭރުން ދިވެހި ޒުވާނުންގެ ހިތްތަކުގައި ދިވެހިރާއްޖެއަށް އޮންނަ ލޯބި އިތުރުވެ، ދިވެހިރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތް އިތުރުވާނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރެވޭނީ ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތު ދިރުވައި އާލާ ކޮށްގެން ކަމާމެދު ދެކޮޅު ހެދޭކަށްނެތެވެ.
ދިވެހިރާއްޖޭގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރުމަށް ކަންކަމުގައި ޒުވާނުންގެ ލަފާއާއި މަޝަވަރާ ހޯދިދާނެއެވެ. އެގޮތުން، ތަރައްގީގެ މަޝްރޫޢުތައް ފެށުމުގެ ކުރިން ކުރާ ދިރާސާތަކުގައި، ޒުވާނުންނަށް ސުވާލުކުރެވޭނެއެވެ. އަދި ޒުވާނުން ދެކޭގޮތުގައި އެ މަޝަރޫޢަކީ ފައިދާހުރި ނުވަތަ ގެއްލުންހުރި މަޝްރޫޢެއްތޯ އެހޭނެއެވެ. މީގެ އިތުރުން، ޒުވާނުންނަށް ފެންނަގޮތުގައި، މިދުވަސްވަރު ދިވެހިރާއްޖެއަށް އެންމެ ތަރައްގީ ބޭނުންވެފައިވާ ދާއިރާތަކަކީ ކޮބައިތޯ ވެސް އެހިދާނެއެވެ. އޭރުން، ދިވެހިރާއްޖޭގެ ތަރައްގީގައި ދިވެހި ޒުވާނުންގެ ހިއްސާ އިތުރުވާނެ ކަމާމެދު ޝައްކެއްނެތެވެ.
ދިވްހިރައްޖޭގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ދިވެހި ސަރުކާރުގެ މަތީ މަގާމުތަކަށް ޒުވާނުން އައްޔަނުކުރެވޭނެއެވެ. އެގޮތުން، ރާއްޖޭގެ އެކި ދާއިރާތަކުން ވޯޓުލައިގެން ކަނޑައަޅައި މަޖިލިސް މެންބަރުންގެ ގޮތުގައި ޒުވާނުން ކަނޑައެޅޭނެއެވެ. އެހެނީ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ތަރައްގީއާ ގުޅުންހުރި މައިގަނޑު ގޮތްޕެވެ. ތަފާތު އެކިއެކި ޤާނޫނުތަކާއި އުޞޫލުތައް ހަދައި ފާސްކުރާ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ޒުވާނުން ރައްޔިތުންގެ މަޖިލީހަށް އައްޔަނުކުރުމުން މި އުޞޫލުތަކާއި ޤާނޫނުތައް ފާސްކުރުމުގައި ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތަރައްގީގައި ދިވެހި ޒުވާނުންގެ ހިއްސާ އިތުރުކުރެވޭނީ ދިވެހި ސަރުކާރުގެ މަތީ މަޤާމުތަކަށް ޒުވާނުން އައްޔަނުކޮށްގެން ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.
ދިވެހިރާއްޖެ ތަރައްގީ ކުރާ ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އަދަށް ވުރެ ބޮޑަށް އިތުރުކުރަން ޖެހެއެވެ. އެގޮތުން، ޒުވާނުންގެ އެ ހިއްސާ އިތުރުކުރެވޭނީ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ޒުވާނުން އައްޔަނު ކޮށްގެނެވެ. އަދި އެ ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ހުޅު ރޯކޮށްގެނެވެ. މީގެ އިތުރުން، ދިރާސާތަކުގައި ޒުވާނުންނާ ސުވާލު ކުރެވިގެނެވެ. އަދި ސަރުކާރުގެ މަތީ މަޤާމުތަކަށް ޒުވާނުން އައްޔަނުކޮށްގެނެވެ. އެހެންވީމާ، މިވަގުތު ދިވެހިރާއްޖޭގެ ކަންކަމުގެ އުޞޫލީ ޞިފަތަކަށް ކުދި ބަދަލުތަކެއް ގެންނާންޖެހެއެވެ.