ދުނިޔޭގެ ހިތުގެ ދުވަސް!!!

Hawwa Xaha Faisal
ހައްވާ ޒަހާ ފައިސަލް
2 މަސް ކުރިން
0 މިނިޓް

އަހަރެމެން ދިރިހުރުމަށް ޓަކައި އެހީވެދޭ ގުނަވަނުގެ ނާޒުކުކަމާ އެ ގުނަވަނުގެ މުހިންމުކަން ދުވާލެއްގެ މައްޗަށް ހަނދާން ވަނީ ކާކުހެއްޔެވެ؟އަހަރެމެންގެ ހިތް އަހަރެމެންނަށްޓަކާ އަދާކުރާ ވާޖިބު އަދާކުރުމަށް އެ ހިތްބައެއްފަހަރު ނުކުޅެދެއެވެ.އެއެީ ހިތަށް ޖެހޭ ބަލިތަކުގެ ސަބަބުންނެވެ.ކޮންމެ އަހަރަކު 29 ސެޕްޓެމްބަރު ގައި ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަނީ މިކަމާ ގުޅޭ ގޮތުން އަޑު އުފުލާ މީހުން ހޭލުންތެރިކުރުމަށެވެ.
 ދުނިޔޭގާ ގިނަ މަރުތައް ކުރިމަތިވަނީ ހިތުގެ ބަލިން ކަމުގައި މިހާރު ވަނީ ހޯދިފައެވެ.ބީރު ކަނފަތެއް ދީގެން މިހާރަކު ތިބެވޭކަށް ނެތެވެ.ހިތުގެ ބަލި އާންމުކޮށް ކުރިމަތިވަނީ ރަނގަޅަށް ނުކެވުމާ،ސްތްރެސްވުމާ،ލޭގެ ޕްރެޝަރް މައްޗަށް ގޮސގެންނާ،ގަވާއިދުން ކަސްރަތުނުކުރެވުމާ އަދި ހަމަ ނިދި ނުލިބޭ ތީއެވެ.
 ދުނިޔޭގެ އާބާދީން 20 މިލިއަނަށް ވުރެ ގިނަ މީހުން ހިތުގެ ބަލިން ނިޔާވަމުންދާއިރު ކަނު ލޮލަކުން ބަލަން އިނދެވޭކަށް ނެތެވެ.ދިރިއުޅުމުގެ ވައްޓަފާޅިއަށްބަދަލު ގެނެސް  ސިއްހަތަށް ބަލަންޖެހެއެވެ.
 ދެއަތް އުރާލާގެން ތިއްބަކަސް ނުވާނެއެވެ.އުފެދުމުގާވެސް ހިތުގައި މައްސަލަ ހުންނަ ކުދިން އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނައެވެ.
 މިކަން އެނގޭ އަތައް ބަޔަކު ހަނު ހުރެއެވެ.އެގޮތަށް ކަންތައްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.އެ މީހަކަށް ވީ ވަރަކުން އެހީވެވޭތޯ ބަލަން ވާނެއެވެ.އެ ކަކުންޔެއް ހޮރު ކޮންނާނީ އެ ކަކުންޔެއްގެ ވަރުންނޭ ބުނެއެއްނޫންހެއްޔެވެ؟
 ދެން އިތުރަށް ތިބޭނެކަމެއް ނެތެވެ.އަހަރެމެންނަށް ކުރެވޭ ކަމެއްކުރވޭނެއެވެ.ހިތުގެ ޗެކްއަޕްތައްހަދާށެވެ.ހިތުގައި މައްސަލަ ހުންނަ ކުދިންގެ އާއިލާތަކަށް އެހިތެރިކަމުގެ އަތެް ދިއްކޮށްލާށެވެ.ކުރާ ހެޔޮކަމެް ގެއްލިއެއްނުދާނެއެވެ.

Copyright © 2025 Sofha News
Made with by Afeef & Noor