ހުޅުދުއްފާރު ޤުރޭޑު 2 އެއްގެ ދަރިވަރުން މިފަހަރު ދިޔައީ ކައުންސިލަރުންގެ މޭޒަށް: ތަފާތު

ސެކުރެޓޭރިއެޓ އޮފް ހުޅދުއްފާރު ކައުންސިލްގެ ފޭސްބުކު ޕޭޖުން ނަގާފައިވާ ފޮޓޮއެއް.
Ali Rasheed
ޢަލީ ރަޝީދު
5 މަސް ކުރިން
0 މިނިޓް

ހުޅުދުއްފާރު ސުކޫލުގެ ޤުރޭޑު 2 އެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް މިއަދުވަނީ ރ ހުޅުދުއްފާރު ކައުންސިލް އިދަރާއަށް ގޮސްފައެވެ. މިއީ ކައުންސިލުތަކުން ކުރަމުންދާ މަސެއްކަތްތައް ބަލާލައި ޢަމަލީ ތަމުރީނު ލިބިގަތުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

ސެކުރެޓޭރިއެޓ އޮފް ހުޅދުއްފާރު ކައުންސިލްގެ ފޭސްބުކު ޕޭޖުން ނަގާފައިވާ ފޮޓޮއެއް.
މީގެ ކުރިންވެސް މިފަދަ ޢަމަލީ މަސައްކަތުގެ މައިދާނަށް ކުދިން އަހުލުވެރި ކުރުވުމަކީ އެސުކޫލުގެ ވަރަށް ބޮޑު އަމާޒެކެވެ. މިގޮތުން މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެސުކޫލުގެ ޕުރިންސިޕަލް އަލްފާޞިލް މުޙައްމަދު ފަޔާޒުވަނީ ދަރިވަރުން ސުކޫލުން ނިމިގެންދާއިރު އިމްތިހާނުގެ އިތުރަށް ދުނިޔެއަށް ތައްޔާރު ވެފައިވާ ކުދިބަޔަކަށް ހެދުމަކީ ސުކޫލުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން މިފަދަ ހަރަކާތްތައް ޅައުމުރުގައި ކުދިންނަށް ގެންދިޔުމަކީ ބޮޑުވެގެން އަންނަ އިރު ދާނެ ދާއިރާއެއް ކަނޑައެޅުމަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަ ކުރެވެއެވެ. މިހާރުވެސް ހުޅުދުއްފާރު ސުކޫލުގައި ދަނީ 'ކެރިއާރ ގައިޑެންސ ޕުރޮގުރާމް' ތަކެއް ހިންގަމުންނެވެ. މީގެ މައިގަނޑު އެއް އަމާޒަކީ ޤުރޭޑު 8 އެއްގެ ކުދިން ސުޓުރީމް ނެގުމުގެ ކުރިން 'އިންފޯރމްޑ ޑެސިޝަން' އެއް ނެގުމަށް ތައްޔާރު ކުރުން ކަމުގައި މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މި ސުކޫލަކީ އެކި ކަހަލަ ފަންޑު ރެއިޒިންގައި ކުދިން ބައިވެރި ކުރުވާ، ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމުގެ ދަތުރުތައްވެސް ކުރަމުން އަންނަ ސުކޫލެއްކަން ފާހަގަ ކުރެވެއެވެ. ކުރިއަށް އޮތްތާންގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ފެނިގެން ދިޔުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.

Copyright © 2025 Sofha News
Made with by Afeef & Noor