ހުޅުދުއްފާރު ސުކޫލުގެ 2024-2025 އަހަރުގެ ޘާނަވީ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

Ali Rasheed
ޢަލީ ރަޝީދު
5 މަސް ކުރިން
0 މިނިޓް

 ހުޅުދުއްފާރު ސުކޫލުގެ 2024-2025 އަހަރުގެ ޘާނަވީ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައި ވަނީ 24 ޖޫން ވާ އަންގާރަ ދުވަހުގެ ރޭގަނޑެވެ.

ދަސްވެނިވުން ޖަލްސާ ގެ އެރޭންޖމެންޓު
މި ޖަލްސާގައި ދަރިވަރުންނާއި، ސުކޫލުގެ ގިނަ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ސުކޫލުގެ އެހެނިހެން މުވައްޒަފުންގެ އިތުރުން ސުކޫލުގެ ލީޑިން ޓީޗަރުންނާއި ޕުރިންސިޕަލް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ. މިޖަލްސާގައި 39 ދަރިވަރަކު ދަސްވެނިވެފައިވެެއެވެ. އެއީ 18 ބިޒްނަސް ސުޓުރީމް ދަރިވަރުންނާއި 21 ސައިންސްޓުރީމް ދަރިވަރުންނެވެ.  އެއީ 16 އަންހެން ދަރިވަރުންނާއި 23 ފިރިހެން ދަރިވަރުންނެވެ.
ކަޅު ކުލައިގެ ހެދުމުން ޒީނަތްތެރިވެގެން ދެ ޖިންސުގެ ދަރިވަރުން އައިސްފައި ވާއިރު މި ޙަފުލާގެ ތީމަކީ ވިންޓޭޖު އެވެ. މި ޖަލްސާގެ ޒީނަތްތެރިކަން އެކުދިންގެ ހުނަރު ފުރިހަމައަށް ވަނީ ދައްކާލާފައެވެ. 
ކީރިތި ޤުުރުއާނުގެ ބަރަކާތުން ގުރޭޑު 10 އެއް ބީގެ ދަރިވަރު ޢައިޝަތު އަމީރާ ފައްޓަވައިދެއްވާފައި ވާއިރު، ތަރުޖަމާ ހުށައަޅާދެއްވާފައިވަނީ 10 އެއް އެސްގެ ދަރިވަރު މުޙައްމަދު ޔަނާލް ޔޫސުފެވެ. މި ޙަފުލާގައި ދަރިވަރުންގެ ޝުޢޫރު ފާޅުކޮށްދެއްވީ ޤުރޭޑު 10 އެއް އެސްގެ ދަރިވަރު މާޒު އާދަމް ޒާހިދެވެ. މާުޒު ވަނީ 10 އަހަރު އެކުދިންނަށް ދިމާވި ކަންކަމުގެ މައްޗަށް އަލިއަޅުވާލާ މިނިވަން ކަމުގެ އިޙުސާސެއް މިއަދު ހިތަށް ވެރިވާކަން ޙިއްސާ ކޮށްފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ހުޅުދުއްފާރު ސުކޫލުން ތަޢުލީމު ޙާޞިލުކޮށް ޤައުމީ ގަދަ 10 އެއްގައި ހިމެނުނު ދެ ދަރިވަރުންކަމުގައިވާ ނާއިފާ ޢަބުދު الله އާއި ޢައިޝަތު ޝައުރާވަނީ އެކުދިންނާއި މުޚާތަބުކޮށްވަނީ އަގުހުރި ނަސޭޙަތްތަކެއްވަނީ ދެއްވާފައެވެ. މި ނަސޭޙަތުގައި އޭލެވެލް ހެދުމާއި ބެހޭގޮތުންވެސް ވަނީ ދެ ދަރިވަރުންވެސް އަލި އަޅިވާލާފައެވެ. އަދި އެަކަމުގެ ހުރި ހުރަތަކާއި، ގޮންޖެހުންތަކާއި، އޯ ލެވަލް އާ ޚިލާފަށް އޭލެވެލްގެ އުނދަގޫ ކަމުގެމައްޗަށް އަލި އަޅުވާލައްވާފައެވެ.

މިޙަފުލާގައި ސުކޫލުގެ ޕުރިންސިޕަލް އަލްފާޟިލް މުޙައްމަދު ފަޔާޒުވަނީ ދަރިވަރުންނާއި މުޚާތަބުކޮށް ވަރަށް ގިނަ ވާހަކަފުޅުތައް އެކި ދާއިރާތަކާއި  ބެހޭގޮތުން ދައްކަވާފައެވެ. މި ވާހަކަފުޅުގައި އޭލެވެލް ކިޔެވުމުގެ މުހިންމުކާއި، ޒިންމާއާއި އުނދަގޫތަކަކީ ސުކޫލު ނިމުމުން ނިމޭނެ އެއްޗެއް ނޫންކަން މިސާލުތަކާއެކު ކިޔައިދެއްވާފައެވެ. އަދި މި އަހަރުން ފެށިގެން 3 މާއްދާއިން ފާސްވިނަމަވެސް ޖާގަ ހުރި މިންވަރަކަށް ބަލައި 11/12 އަށް ކުދިންނަށް ފުރުޞަތު ދެއްވުމުގެ ވިސްނުންފުޅު ގެންގުއްވާކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ. އޭލެވެލް ހެދުމަށް ހުރިހާ ދަރިވަރުންނަށް މަޖުބޫރު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެޑިއެުކޭޝަން މިނިސްޓަރު ވަނީ ދާދި ފަހަކުން ވިދާޅުވެފައެވެ.


ގުރެޖުއޭޝަން އަށް ފަހުގައި ފެއާރވެލް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފެއާރވެލްގެ އެޖެންޑާ ހުށައަޅައިދީފައިވަނީ ގުރޭޑު 10 އެސްގެ ދަރިވަރު މުޙައްމަދު ޒާހިލް އަދި، ގުރޭޑު 10 އެއް ބީ ގެ ދަރިވަރު މަރިޔަމް އައިނީއެވެ. މީގެ އިތުރުން މި ދަރިވަރުންވަނީ ހުރިހާ ދަރިވަރުން ޝާމިލުވެގެން ރީތި ޅެމެއްވެސް ހުށައަޅުއްވައި ދެއްވާފައެވެ. އަދި އެކުދިންވަނީ ސުކޫލުގެ ޕުރިންސިޕަލް، ލީޑިން ޓީޗަރުން، އަދި ޓީޗަރުން ކޮށްދެއްވި މަަަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަދާނީ ފިލާވެސް އަރުވާފައެވެ. މިޙަފުލާގައި ވަނީ ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ފުރިހަމަ ޅެމެއް ހުށައަޅުއްވައި ދެއްވާފައެވެ. އަދި ދަރިވަރުންވަނީ ސަޕުރައިޒް އެއްވެސް ހުށައަޅާފައެވެ. މިއީ ޓީޗަރުން ލައްވާ ކުޅުވި އެކި ކަހަލަ މަޖާ ގޭމްސްތަކެކެވެ.  ޝުކުރު ދެންނެވުމުގެ އައިޓަމް ފުރިހަމަ ކޮށްދެއްވާފައިވަނީ 10 އެއް އެސްގެ ދަރިވަރު މަރިޔަމް ސަމްނާ މޫސާ ނަޢީމެވެ. އަދި ޙަފުލާގެ ފަހު އައިޓަމެއްގެ ގޮތުގައި ދުޢާއެއް ވަނީ މުޙައްމަދު ޒާހިލު ކިޔުއްވާ ދެއްވާފައެވެ.

މި ޙަފުލާ ނިމިގެން ދިޔައީ ބެލެނިވެރިން ތައްޔާރުކޮށްފައިވާ ބިލަތް މީރުކޮށްލެއްވުމަކުންނެވެ.

Copyright © 2025 Sofha News
Made with by Afeef & Noor