ހުޅުދުއްފާރު ސުކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

15 މެއި 2025 ވަނަ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ރ. ހުޅުދުއްފާރު ސުކޫލުގައި އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވަފިއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރަ ޑޮކުޓަރ އިސްމާޢިލް ޝަފީޢުއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ އެދުވަހުގެ ހަވީރު 4:15ގައި ބަނދަރަށް އެއްވެފައެވެ. 

ކަނޑުގެ އަޑީގެ ތީމް އަކުން ޒީނަތްކުރެވުފައިވަ މިޖަލްސާއިން ހުުޅުދުއްފާރު ސުކޫލުގެ މުވައްޒަފުންގެ ހުނަރު ދައްކުވައިދީފައިވެއެވެ. މިކަމުގައި ކައުންސިލާއި ހެޔޮއެދޭފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަން ވެސް ފާހަޤަކޮށްލަމެވެ. މިކަންކަމުން ފެނިގެންދަނީ ދަރިވަރުން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގައި އެ މުވައްޒަފުންނާއި ފަރުދުންގެ ހީވާޤިކަމެވެ. 

މި ހަޕްލާގައި އެތަށް ރޮނގަކުން ކާމިޔާބު ހޯދި ދަރިވަރުންނަށް އިނާމުތައް ލިބިފައިވާއިރު މި ހަފުލާ ބަލާލުމަށް ދަރިވަރުންނާއި، ސުކޫލުގެ މުވައްޒަފުންނާއި، ބެލެނިވެރިންނާއި ރަށުގެ އެކު މުވައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ.

މިހަފުލާގައި އެޑިއުކޭޝަން  މިނިސްޓަރ ވަނީ ކަނޑުގެ އަޑިން ނޫނީ ނުނެގޭ މުތީފަދަ އަގުހުރި ނަސޭޙަތްތަކެއް ދަރިވަރުންނަށް ދެއްވަފައެވެ. އަދި ރ ހުޅުދުއްފާރު ސުކޫލުގެ ޕުރިންސިޕަލް އަލްފާޞިލް މުޙައްމަދު ފަޔާޒުވަނީ ސުކޫލުގެ ތަރީޚާއި، މި ސުކޫލު މިހާ ހިސާބަށް އައި ގޮތުގެ ޚުލާސާއެއް ކިޔާލަދެއްވާ ކުރިމަގުގައި އެމަނިކުފާނު ސުކޫލާއި މެދު ދެކޭ ހުވަފެންތަކަށް އަލި އަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސުކޫލުން ނިކުންނަ ދަރިވަރުންނަކީ ދިރުއުޅުމަށް ތައްޔާރުވެފައިވާ ދަރިންތަކަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމައް ވިދާޅުވެފައެވެ.

ބެސްޓު އޯލް ރައުންޑާ އެސްކޯޓުކުރުމަށް ސުކައުޓު ކުދިން އަތުރާލެވިފައި
މިދިޔަ އަހަރު އޯލެވެލް ބެސްޓު އޯލް ރަައުންޑާ އަކަށް ހޮވިފައިވަނީ ހުމާދު ހާމިދުއެވެ. އަދި ނިމިދުޔަ އަހަރު އޭލެވެލް ބެސްޓު އޯލް ރައުންޑާ އަކަށް ހޮވިފައިވަނީ އައިމިނަތު މައިސަމް އެވެ. މިދެކުދިންވެސް ވަނީ އެކުދިން ކަނޑަތު ކުރި ރާސްތާއިން ދަސްވި އެތައް ފިލާވަޅަކުން އަގުހުރި އެތައް ނަސޭޙަތްތަކެއް ދަރިވަރުންނަށް ދެއްވާފައެވެ.

މި ޖަލްސާ ނިމިގެން ދިޔައީ ތައްޔާރު ކުރެވިފައިވަ ބިލަތް މީރުކޮށްލުމަކުންނެވެ.

Copyright © 2025 Sofha News
Made with by Afeef & Noor