އިންސާނުން އަބަދު ޒުވާންކަމުގައި ހުރެވޭނެގޮތް އޭއައިން ހޯދައިފި.

Hawwa Xaha Faisal
ހައްވާ ޒަހާ ފައިސަލް
2 މަސް ކުރިން
0 މިނިޓް

އުމުރު މައްޗަށް ދިއުމަށް ފަހު އުމުރު ތިރިކުރެވުމަކީ އިންސާނުން ގަބޫލުކުރާ ގޮތުގައި ނުވާނެ ކަމެކެވެ.ނަމަވެސް މި ހިޔާލު ބަދަލު ކުރަން މަޖުބޫރުވެއްޖެއެވެ.މި ޒަމާނަކީ އޭއައި ގެ ޒަމާނަކަށްވެފައި އޭއައި މެދުވެރިކޮށްގެން ސައިންޓިސޓުން އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގެ އުމުރު އަލުން ވިހި އަހަރަށް ހަދާނެ ގޮތެއް އީޖާދުކޮށްފިއެވެ.ހިތުގެ ސެލް،ހަމުގެ ސެލް،އަދި ސިކުނޑީގެ ސެލް އަށް ވިއަސް ހެވެ،ބައިލޮޖިކަޅި ގޮތުން ެ ސެލްގެ ޕްރައިމަށް ރީސެޓު ކުރެވޭ ގޮތެއް ހޯދާފިއެވެ.  މި ހައިރާންކުރަނިވި ހަބަރުގެ އިތުރުން ދުނިޔެ ސިއްސުވާލީ މައުލޫމާތަކީ 2012 އިން ފެށިގެން މި ކަން ކުރުމުގެ ޓެކްނޮލޮޖީ އޮތްކަމެވެ.މި ކުރިއެރުމަށް އެ އަހަރުގެ "ނޮބަލް ޕްރައިޒް" ލިބުނެވެ. އެކަމަކު މި އީޖާދަށް ފާހަގަކޮށްލެވޭ،ހަގީގީ ކުރިއެރުން ލިބުނީ މި އަހަރު ،އާދެ، 2025 ގައެވެ.


 މި ކުރިއރުމުގެ ފަހަތުގައި ވާހަކައެއް ވެއެވެ.2006 ގައި ސައިންޓިސްޓުން "ޔަމަނާކަ ފެކްޓަރސް" ގެ ނަމުން ނަންދެވުނެ ،ޕްރޮޓީން އެއެް ހޯދިއެވެ.މި ޕްރޮޓީން ބޭނުންކޮށްގެން އާދައިގެ ސެލް އެއް ޔުނިވާރސަލް ސްޓެމް ސެލްއަކަށް ބަދަލުކުރެވެއެވެ.މިސާލަކށް މަސަލް ޓިސޫއަށް ގެއްލުންވެފަ ހުން މީހަކު މި ސްޓެމް ސެލް އިންޖެކްތެ ކުރުމުން އެ މަސަލް ސެލް އިހުގެ ޒުވާން ގޮތަށް ބަދަލުވެއެވެ.މިކަމުގެ ސަބަބުން މި އީޖާދުވެގެން ދިޔައީ ވރަށް މުހިންމު އީޖާދަކަށެވެ.ނަމަވެސް އެންމެ ފުރަތަމަ އުފެއްދި "ޔަމަނާކަ ފެކްޓަރސް އިން  މި ފަދަ ޝިފާއެއް ނުލިބުނެވެ.މި ކޮންވާރަޝަން ކުރެވުނަސް އެ ކޮންވާރޝަންގައި ބާރެއް ނުހުއްޓެވެ.
 ދެން ސައިންޓިސްޓުން "އޯޕެން އޭއައި "ބޭނުންކުރިއެވެ.މި އޭއައި އުފެދުނީ ސީދާ ޕްރޮޓީން އުފެއދުމުގެ މަގްސަދުގައެވެ.މި އޭއައި އަކީ "ޗެޓް ޖީޕީޓީ" ފަދަ އޭއައިއެކެވެ.ތަފާތަކީ މި އޭއައިއަކީ ޕްރޮޓީން އިންޖިނިއަރިނަށް އެފެއްދުނު އޭއައިއެކެވެ.މި އޭއައިއަށް ސައިންޓިސްޓުން ހޯދާފައިވާ ހުރިހާ "ޔަމަނާކަ" ރިސާޗް އަޅާ އޭއައި އަށް ރިސާޗް އިމްޕްރޫވްކުރުމަށް ޕްރޮގްރާމްކުރިއެވެ.


 މި އޭއައިއން ރިސާޗަށް ގެނައި ބަދަލު އޮރިޖިނަލް ރިސާޗަށްވުރެ 50 ގުނަ މަންފާ ބޮޑުކަމަށް ސައިންޓިސްޓުން ވިދާޅުވިއެވެ.އޭއައިން ހެދި ރިސާޗްގެ އަލީގައި 50 އަހަރުވެފައިވާ ސެލްތަކަށް މި ސްޓެމް ސެލް އިންޖެކްޓްކޮށް ދިރާސާކުރިއެވެ.މި ޓެސްޓުގެ ނަތީޖާ އަކީ  7 ދުވަސް ތެރޭގައި ސެލްގެ 30% ރިޕެއަރވުމެވެ.
 މީ ދޮގެއް ނޫނެވެ.ސައިންޓިސްޓުން މި އުފެއްދި އާ އުފެއްދުމުގެ ސަބަބުން މުސްތަގުބަލުގައި އިންސާނުންނަށް އިންޖެކްޝަންއެއް ޖަހާގެން އިންސާނާގެ ހަށިގަނޑުގެ ސެލްގެ އުމުރު ތިރިކުރެވޭނެއެވެ.ސައިންސަކީ އަހަރމެން އެންމެންގެ ދިރިއުޅުން ފަހިކުރުމަށް އެޮތް މަގެެކެވެ.

Copyright © 2025 Sofha News
Made with by Afeef & Noor