ނިމިދިޔަ ވިޒުއަލް ސިމްފޮނީ އާރޓު އެގުޒިބިޝަންގެ ބައެއް އެވޯރޑުސް އެ ސުކޫލުގެ ބައެއް ދަރިވަރުންގެ އެހީއާއި އެކު ހަދައިފިއެވެ. މިއީ، ކުދިންނަށް ކުރާފްޓިންގެ މަސައްކަތްތަކަށް ލޯބި ޖެއްސުމުގެ މަޤުސަދުގައި އެސުކޫލުގެ ބިޒުނަސް އެންޑު އާރޓުސް ކުލަބުގެ ފަރާތުން ނެގި އިންނެގުމެކެވެ
(އިތުރަށް ވިދާޅުވުމަށް ތިރިއަށް ސުކުރޯލް ކުރައްވާ)
ބިޒުނަސް އެންޑު އާރޓުސް ކުލަބުން ވާހަކަ ދައްކަވަމުން އެކުލަބުގެ މެމްބަރަކު ވިދާޅުވީ:
'ޓުރޮފީ ހެދުމަކީ ގެނައުމެކޭ އެއްފަދައިން ބޮޑު ޚަރަދު ހިނގާ ކަމެއް. ފުރަތަމަ ފަށާއިރު އޯރޑަރުކުރުމަށް އަޅާކިޔާފައި އެވޯރޑުތައް މިފަދައިން ކުރާފްޓުކުރުމަށް ބަލާނަމަ ބޮޑު ފައިދާއެއް ނުފެންނާނެ. ނަމަވެސް މިކަން ކުރުމަށް ކުދިންގެ ޝައުޤު ހުންނަނަމަ ކުރިމަގުގައި ކުޑަ ޚަރަދަކުން 'ކަސްޓަމް' އެވޯރޑު ހެދިދާނެ. މިސާލަކަށް ބާއްވާ ހަރަކަތަކާއި ގުޅިގެން ކަސްޓަމް ޑިޒައިން އެއް ކުއްޖަކު ހަދާފާނެ. އެވެސް ހުނަރެއް. އޭގެ ވެކުޓާ، ނުވަތަ ސީ.ޑީ.އާރ ފައިލްއެއް ހެދިދާނެ. އެވެސް ހުނަރެއް. ދެން ވީހާވެސް އަގުހެޔޮކޮށް މެޓީރިއަލް ލޭޒާ ކަޓު ކުރީމާ އެސެމްބުލް ކޮށްލުން. ހަމަ ހައްތާވެސް ދަސްކޮށްދެވިދާނެ ހުނަރު...
... އަދި މީގަ ފައިދާތަކެއް އޮތެކޭ ނުބުނާނަން ތެދު ތެދަށް ބުނާނަމަ. ބުނާނީ ކުރިއަށް ގެންގޮސްފި ނަމަ ޚަރަދު ސަލާމަތްކޮށް ހުނަރުތަކެއް ދަސްވެސް ކުރެވިދާނޭ. ރަނގަޅުކަމެއްތޯ ނޫންތޯވެސް އިނގޭނީ ފެށީމަ، ދެއްތޯ؟ މިގޮތުން ފެށުމެއްގެ ގޮތުންވެސް ކަސްޓަމް އެވޯރޑެއް ހެދޭތޯ ބެލީ މިފަހަރުވެސް'
އެފަރާތުން ދެންނެވި ގޮތުގައި އެންމެ މޮޅު އާރޓިސްޓަށް ޚާއްސަ ކަސްޓަމް ޓޮރޮފީއެއްވެސް ޑިޒައިން ކުރިކަމުގައެވެ. އަދި ފިހިގަނޑެއްގެ ސިފައަށް މަސައްކަތްތަކެއް ކުރަންވެސް ކުރެވުނު ކަމުގައެވެ. ނަމަވެސް އޭގެ ބައެއް މަސައްކަތް އެގުރީމެންޓެއްގެ ދަށުން ސުކޫލުން ބޭރު ފަރާތަކާއި ހަވާލު ކުރުމުން އެކޮޅުން އެކަން ފުރިހަމަ ނުކުރުމުން މިހާރު މަޑު ޖެހިފައިވާ ކަމަށެވެ. ވުމާއެކު މިފަހަރު އެ އެވޯރޑު ނުދެވުނަސް އެވެސް ހިއްސާކޮށްލަން ރަނގަޅު މަޢުލޫމާތަކަށް ވާނެ ކަމަށް އެ ކުލަބުން ބުނެއެވެ.

މިފަހަރު އެކި ކެޓަގައީތަކުން އެއްވަނައަށް ދިޔަ ފަރާތްތަކަށް ދެނީ ވަރަށް ތަފާތު ޓުރޮފީތަކެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. މިއީ އާންމު ޓުރޮފީތަކާ އެއްވަރަށް އަގުހެޔޮކޮށް ސޭލަކުން ގެންނަ އެއްޗެއްކަންވެސް އެކުލަބުން ފާހަގަކުރެއެވެ.
އެކި ހުނަރުތައް ދަސްކޮށްދޭން ވަކި ކޯސްތަކެއް ނުބާއްވާވެސް، އުނގެނުމާއި އުނގަންނައި ދިނުމަށް އާންމުކޮށް ހިނގާ ކަންކަމުގެ ތެރެއިން ކުދިންނަށް މިފަދަ ކަންކަން ދަސްކޮށްދެވިދާނެކަން ހުޅުދުއްފާރު ސުކޫލުން މިވަނީ ދަަށްކައިދީފައެވެ. ދާދި ފަހަކުން ވޮކޭޝަނަލް އެޑިއުކޭޝަންގެ ދަށުން ކާރޕެންޓަރީ ކުލާސްރޫމެއްވެސް ވަނީ އެސުކޫލުގައި ހުޅުވާފައެވެ.

