2024/2025 ވަނަ ދިރާސީ އަހަރުގެ އޯ ލެވަލް ނަތިޖާ ވަނީ އިއްޔެ، (19 އޮގަސްޓު 2025 ގައި)، ލިބިފައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ވާދޫ ސްކޫލުން ދިވެހިރާއްޖޭގެ ގަދަދިހައެއްގައި ދެ ދަރިވަރަކު ހިމެނިފައިވެއެވެ. އެ ދެދަރިވަރުންނަކީ ފާތިމަތު އާލާ އަރީފް، އަދި އިޔާޝް އަލީއެވެ.
މިއަހަރަކީ ވަދޫ ސްކޫލުން ދިވެހިރާއްޖޭގެ ގަދަދިހައެއްގައި، ޖެހިޖެހިގެން ދަރިވަރުން ހިމެނުނު ހަތަރުވަނަ އަހަރެވެ. އަދި މިއަހަރު، ވާދޫ ސްކޫލުން އެންމެ ފުރަތަމަ ފަހަރަށް ފިރިހެންކުއްޖަކު ވަނީ ދިވެހިރާއްޖޭގެ ގަދަދިހައެއްގައި ހިމެނިފައެވެ.
ވާދޫ ސްކޫލުން ދިވެހިރާއްޖޭގެ ގަދަދިހައަކަށް ގޮސްފައިވާ 2 ދަރިވަރުންގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. އެގޮތުން، އިޔާޝް އަލީ ވަނީ 8 މާއްދާއިން އޭ ސްޓާ ހޯދާފައެވެ. އަދި ފާތިމަތު އާލާ އަރީފް ވަނީ 3 މާއްދާއިން އޭ ސްޓާ، 4 މާއްދާއިން އޭ، އަދި 1 މާއްދާއިން ބީ ގުރޭޑް ހޯދާފައެވެ. މި ނަތީޖާއާއެކު އިޔާޝް އަލީ ވަނީ ދިވެހިރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފައެވެ. އަދި ފާތިމަތު އާލާ އަރީފް ވަނީ ދިވެހިރާއްޖޭގެ ގަދަ ދިހައެއްގެ 7 ވަނައިގައި ހިމެނިފައެވެ.
ވަދޫ ސްކޫލްގެ ޕްރިންސިޕަލް މަޢުލޫމާތު ދިންގޮތުން، މިހަރު ދަނީ މިއިން ދަރިވަރަކު ދުނިޔޭގެ ވަނައެއްގައި ހިމެނިފައި ވޭތޯ ބަލަމުންނެވެ.