ރ. ހުޅުދުއްފާރު ސްކޫލުން 2 ދަރިވަރަކު ޤައުމީ ގަދަ ދިހައަކުން ޖާގަ ހޯދައިފި!!!

Image from: Hulhudhuffaaru school facebook
Mariyam Alsau Abdulla
މަރިޔަމް އަލްސާއު ޢަބްދުﷲ
3 މަސް ކުރިން
0 މިނިޓް

ރ. ހުޅުދުއްފާރު ސްކޫލުން 2 ދަރިވަރަކު ޤައުމީ ގަދަ ދިހައަކުން ވަނަ ހޯދައިފިއެވެ.

2025 ވަނަ އަހަރު ގްރޭޑް 10 ނިންމާ، އޯ ލެވެލް އަދި އެސް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންނަށް ވަނީ އެ ދަރިވަރުންގެ ނަތީޖާ ލިބި ގިނަ ދަރިވަރުންތަކެއް ޤައުމީ ގަދަ ދިހައެއްގެ އެކިއެކި ވަނަތައް ހޯދާފައެވެ. މިގޮތުން 2025 ވަނަ އަހަރު ރ.ހުޅުދުއްފާރު ސްކޫލުންވެސް 2 ދަރިވަރަކަށްވަނިީ މި ފަޚުރުވެރި މަޤާމު ލިބިފައެވެ.

އެއީ ގަދަ ދިހައެއްގެ 10 ވަނަ ގިންތީގައި ވަނަ ހާސިލްކުރި ހައްވާ ޒާހީ ޒާހިރާއި ގަދަ ދިހައެއްގެ 7 ވަނަ ހާސިލްކުރި މުޙައްމަދު ރިޒްވީ އެވެ. އެގޮތުން، ހައްވާ ޒާހީ ޒާހިރާށް ވަނީ މުޅި ޖުމުލަ ހަތް A އަދި އެއް B ލިބިފައެވެ. ހަމަމިއާއެކު މުޙައްމަދު ރިޒްވީއަށްވެސް ވަނީ މުޅި ޖުމުލަ ހަ A އަދި ދެ *A ލިބިފައެވެ.

މީގެ އިތުރުން މި 2 ދަރިވަރުންނަކީވެސް ގްރޭޑް 10 ގައި އެކިއެިކި އިތުރު ހަރަކާތްކުގައާއި ދަރިވަރުންގެ އިސް މަޤާމުތައް އަދާކުރުމުގައި ހީވާގިކަމާއެކު އުޅުނު ދަރިވަރުންނެވެ. މިގޮތުން 2025 ވަނަ އަހަރުގެ ސްޓޫޑެންޓް ކައުންސިލްގެ ސައިންސް ހެލްތް އެންޑް އެންވައިރޮމެންޓް ކްލަބްގެ ޕްރެޒިޑެންޓްގެެ މަޤާމު ހައްވާ ޒާހީ ޒާހިރް އަދާކޮށްފާވާއިރު މި ކްލަބްގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމު އަދާކޮށްފައިވަނީ މުޙައްމަދު ރިޒްވީއެވެ.

މިއީވެސް ހަމަ އެހެން އަހަރުތަކެކޭ އެއްފަދައިން ދަރިވަރުންގެ މިންނެތް މަސަތްކަތުންނާއި ހިތްވަރުން ހޯދުނު ނަތީޖާއެއްކަން ޔަޤީނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިރަށް ފަޚުރުވެރި ކޮށްދެވޭނެފަދަ ގިނަ ވަނަތަކެއް ހޯދުމަކީ ހުޅުދުއްފާރު ސްކޫލުގެ އުންމީދެވެ.

Copyright © 2025 Sofha News
Made with by Afeef & Noor