ރ ހުޅުދުއްފާރު ސުކޫލުގައި 11، 12 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ހުޅުދުއްފާރު ސުކޫލުގެ އެފް.ބޯ ޕޭޖުން ނަގާފައި
Ali Rasheed
ޢަލީ ރަޝީދު
3 މަސް ކުރިން
0 މިނިޓް

ރ ހުޅުދުއްފާރު ސުކޫލުގައި 11، 12 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަން ވަނީ އެސުކޫލުގެ އެޕް.ބީ ޕޭޖުގައި ހިއްސާކޮށްފައެވެ. މިގޮތުން މި ޕޯސްޓުގައި ވަނީ11،12 އަށް ވަނުމަށް ފުރަންޖެހޭ އޮންލައިން ފޯރމެއްވެސް ހިއްސާކޮށްފައެވެ. ތިރީގައި އެވަނީ އެ ފޯރމުގެ ލިންކެވެ.
https://docs.google.com/forms/d/e/1FAIpQLSfn-RGrfFliwxqQFd6EjgihSzEPheKjZGWDL4yLcNrPEbtTIw/viewform?fbclid=IwY2xjawMUQGZleHRuA2FlbQIxMABicmlkETFOTUxKRFhoaUx0RU92c0JWAR5jPU42mh6NEGSCLSpMFKCUdtEezPODdveBUPz8y14ru01FJsGWid2htHKfxg_aem_QLQzJnrI1oGxh8_C7xrKZQ
 

އަދި އެއާއެކު ކުދިން 11،12 އަށް ވަންނަން ބޭނުން ނަމަ ފާސްވާން ޖެހޭ ކުރައިޓީރިއާ ވެސްވަނީ ހިއްސާކޮށްފައެވެ. 2025ވަަ އަހަރު، ހުޅުދުއްފާރު ސްކޫލުގެ ގްރޭޑް: 11ގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުން ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަވާން ޖެހޭނެެއެވެ.

ހުޅުދުއްފާރު ސުކޫލު ޕޭޖުން ހިއްސާކުރި ޕީ.ޑީ.އެފް އިން ނަގާފައި
ހުޅުދުއްފާރު ސުކޫލުގެ ގްރޭޑް 11/12 ގައި ކިޔެވުމަށް ޝަރުތު ހަމަވާ ދަރިވަރުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 2025 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ، 13:00ގ "ކުރިން އެސުކޫލަށް ހުށައަޅަންވާނެއެވެ. އަދި ފޯރމާއެކު ހުށައަޅަން ޖެހޭ ތަކެތި ތިރީގައި މިވަނީއެވެ

  • 1) އެޕުލިކޭޝަން ފޯރމް
  • 2) އޯލެވެލް އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ (ޞައްޙަކަމަށް ސުކޫލުން ތައްގަނޑު ޖަހާފައި)
  • 3) ލީވިން ސެޓުފިކެޓުގެ ކޮޕީ (ޞައްޙަކަމަށް ސުކޫލުން ތައްގަނޑު ޖަހާފައި)
  • 4) އައި.ޑީ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ނަންބަރަކީ 6580097ކެވެ.

Copyright © 2025 Sofha News
Made with by Afeef & Noor