ރ ހުޅުދުއްފާރު ސުކޫލުގެ ޤުރޭޑޫ 10 އެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދާ 'ރޭސް ޓު ދި ޓޮޕް' ކާމިޔަބުކަމާއެކު ނިންމާލައިފިއެވެ.

Aishath Suma
ޢާއިޝަތު ސުމާ
3 މަސް ކުރިން
0 މިނިޓް

ރ ހުޅުދުއްފާރު ސުކޫލުގެ ޤުރޭޑޫ 10 އެއްގެ ދަރިވަރުންނަށް ޚާއްސަކޮށް ގެންދާ 'ރޭސް ޓު ދި ޓޮޕް' ކާމިޔަބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ 'ޑިފަރެންޝިއޭޓެޑް ލާރނިންގެ' ގެ ދަށުން ގެންދެވޭ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ 2024-2025 ވަނަ ބެޗަށް އަމާޒުކޮށްގެނެވެ.

މި މުބާރާތް ހިނގާ ގޮތުގެ ތަފުޞީލެއްވަނީ ޢަލީ ރަޝީދު ސާރ ހިއްސާކޮށްފައެވެ.
'އިނގިރޭސީގައި އެބަ އާދޭ މައިގަނޑުގޮތެއްގައި 6 ސުވާލެއް. މިސާލަކަށް އެއްކުއްޖަކަށް ނޯޓު މޭކިން އިން ލިބިދާނެ 7ކުން 3 މާރކުސް. އަދި އެކުއްޖާގެ ޤުރޭޑު ވެދާނެ 'ޑީ' އަކަށް. އެހެންވެއްޖެނަމަ އޭނާއަށް 7 ކުން 7 އެއް ހޯދުމަކީ ވަރަށް ބޮޑު ލީޕެއް. އެކަމަކު އޭގެ ބަދަލުގައި ވަރަށް ގިނަ ފަހަރު މަތިން އެކި ދުވަސްމަތިން ހަދައިގެން 7 ކުން 5 ހެއް ހޯދި ދާނެ. އެކަމަކު ބާކީ އިންނަ 2 މާރކުސް އެއީ އޭ ޤުރޭޑެއްގެ ކުޅަދާނަކަން ހުރެގެން ވާނެކަމެއް. ވީމާ އެކުއްޖާއަށް 7 ކުން 7 އެއް ހޯދުމަށްވުރެ ރަނގަޅުވާނެ އަނެއްކާވެސް އެހެން އެކުޝަޝައިޒަކަށް ގޮސްފިނަމަ. މިސާލަކަށް 'ކޮމްޕުރެހެންޝަން' އިން އޭނައަށް ލިބިދާނެ 8 ކުން 4 މާރކުސް. އެހެން ވެއްޖެނަމަ6 މާރކުސް ހޯދެންދެން ކޮންމެ ދުވަހަކުވެސް ހަދާނީ 'ކޮމްޕުރެހެންޝަން'. ވީމަ، ޖުމްލަ ހަމަ އެއްކަލަ ކުއްޖާ 4 މާރކުސް ގެ ކުރިއެރުމެއް އެބަ ހޯދާތާ. ވިސްނާލަންވީ ތަންކޮޅަކީ 'ޑީ' ލިބޭ ކުއްޖަކަށް އެއްވެސް އެކުޝަޝައިޒަކުން ފުލް ހޯދުމަކީ ވަރަށް ބޮޑު ގެޕެއްކަން. އެކަމަކު އެއްމާރކުސް ދެމާރކުސް ހޯދި ދާނެ އިތުރަށް. ސޯ އަޅުގަނޑުމެން މިދެނީ ވަރަށް ފަސޭހައިން ޙާޞިލްވެދާނެވަރުގެ ޓާރގެޓެއް. ބޭނުމަކީ އެއްކަލަ ކުއްޖާއަށް އެއްޗެއް ޙާޞިލްވަމުންދާ ކަމުގެ އިޙުސާސު ދިނުން. ދެން ހިތަށް އަރާފާނެ އެކަމަކު އޭރުން އެވަރު ކޮންމެ އެކުޝަޝައިޒަކުން ހަމަވީމަ ނިމުނީ ނޫންހޭ. ނޫން. އެހާ ވަރަށް ދެވެން މިއަންނަނީ ކޮންމެ ދުވަހަކުމަތިން ވަރަށް ގިނަ 'ޕެސެޖް' ކިޔައިގެން ހަމަ. ވީމަ އެހިސާބަށް ދާއިރު އަލުން ކޮންމެ އެކުޝަޝައިޒަކަށް އާ ޓާރގެޓެއް ކަނޑައެޅޭވަރަށް ހުންނަނީ ކުރިއަރާފަ

މި ކުޑަ ޙަފްލާގެ ތެރެގައި ވަނީ ލިޔުންތެރިކަމުގެ ސުވާލުތަކަށް ޖަވާބުދިނުމުގެ 'ގައިޑްލައިން' ފޮތެއްވެސް ތަޢާރަފުކޮށްފައެވެ. މިކަމުގައި ޕުރިންސިޕަލް ފަޔާޒްސާރ އަދި، ލީޑިން ޓީޗަރު ހުދާ މިސް ކޮށްދިން ކަންކަން ވަރަށް ބޮޑަށް ފާހަޤަކޮށްލެވެއެވެ. އަދި ފޮތް ތައްޔާރުކޮށްދިނުމުގައި އިނގުލިސް ކިޔަވައިދެއްވާ މަދައްރިސް ރިސްމީ މިސްއާއި އެ ސުކޫލުގެ އައި.ޓީ ޓެކުނިޝަން ސުނިލް ސާރގެ އެހީތެރިކަންވެސް ފާހަޤަކޮށްލެވެއެވެ. 


Copyright © 2026 Sofha News
Made with by Afeef & Noor