ރ ހުޅުދުއްފާރުު ސުކޫލުގެ މަދަޙަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ރަފާޙު ހޯދައިފިއެވެ.

މުޙައްމަދު ރަފާހު. މަންފާ ޖަމިއްޔާގެ ޕޭޖުން ނަގާފައި
Ali Rasheed
ޢަލީ ރަޝީދު
5 މަސް ކުރިން
0 މިނިޓް

ރ ހުޅުދުއްފާރުު ސުކޫލުގައި އިސްލާމު ކުލަބުން އިންތިޒާމްކޮށްގެން ބޭއްވި މަދަޙަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ރަފާޙު ހޯދައިފިއެވެ. މިއީ މިދިޔަ ޖޫން 25 އަދި 26 ވާ ބުދަ އަދި ބުރާސްފަތި ދުވަހު ދަންފަޅި ތަކަށް ބަހާލައިގެން ހުރިހާ ކީ ސުޓޭޖުތަކެއް ޝާމިލު ވާނެހެން ބޭއްވުނު މުބާރާތެކެވެ. 

މި މުބާރާތުގައި 90 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު 50 އަށްވުރެ ގިނަ ކުދިން ވަނީ މަދަޙަ ހުށައަޅާފައެވެ. މިގޮތުން ކީ ސުޓޭޖު 1، 2 އަދި 4 ކުން ކޮންމެ ސުޓޭޖަކުން 12 ދަރިވަރުން މަދަޙަ ހުށައަޅާފައިވާއިރު، ކީ ސުޓޭޖު 5 ކުން 9 ދަރިވަރުން، ކީ ސުޓޭޖު 3 ކުން 5 ދަރިވަރަކު ވަނީ މަދަޙަ ހުށައަޅާފައެވެ. އަދި ގުރޫޕުކޮށްވެސް ވަނީ މަދަޙަ ހުށައަޅާފައެވެ. 

މި މުބާރާތަކީ މަންފާ ޖަމިއްޔާގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ރާއްޖޭގެ މަޝްހޫރު މަދަޙަ ކިޔުންތެރިޔާ، އަދި ރާއްޖޭގެ ޝޯޝަލް މީޑިއާގައި ފޮލޯކުރެވޭ އެންމެ ބޮޑު އެއް ފަރާތްކަމުގައިވާ ޢަލީ ރަމީޒު ބައިވެރިވެ ވަޑައިގަންފައެވެ. 

އަލީ ރަމީޒުގެ ވާހަކަފުޅު ދެއްކެވުން. މަންފާ ޖަމިއްޔާގެ ޕޭޖުން ނަގާފައި
މި މުބާރާތުގައި ފަޚުރުވެރި އެތައް ވަނަތަކެއް އެކި ދަރިވަރުން ޙާޞިލުކޮށއްފައިވާ އިރު ވަރަށް ތަފާތު މޮޅު މަދަޙަކިޔުންތެރިން ފެނިގެން ދިޔަކަމީ ގިނަބަޔަކު ފާހަގަ ކުރާކަމެކެވެ.

މުބާރާތުގެ ވަނަތައް ތިރީގައި މިވަނީއެވެ.

ވަކިވަކި ދަރިވަރުންގެ މަދަހަ

ކީސްޓޭޖް 1

3 ވަނަ: ފާޠިމަތު އުލާ އަލީ

2 ވަނަ: އަލިޝްކާ ޢަލީ ނަޞީރު

1 ވަނަ:އަމްރާ ބިންތު އަޙްމަދު

ކީސްޓޭޖް 2

3 ވަނަ: ޒާން ޢަލީ ޒިޔާދު

2 ވަނަ: ފާޠިމަތު ޔަލްވީ ޔޫސުފް

1 ވަނަ: އިޒްޔާން އަޙްމަދު އަޒިޔާދު

ކީސްޓޭޖް 3

3 ވަނަ: ފާޠިމަތު ރީމް އަޙްމަދު

2 ވަނަ: ނާޔާ ބިންތު ނަސީމް

1 ވަނަ: މަރްޔަމް ނަރީމާ ބުންޔާމީން ޢަބްދުالله

ކީސްޓޭޖް 4

3 ވަނަ: އަލްޔާ ޢަލީ ނަޞީރު

2 ވަނަ: ފާޠިމަތު ރީޝަމް އަޙްމަދު

1 ވަނަ: މުޙައްމަދު ރަފާޙް އަޙްމަދު

ކީސްޓޭޖް 5

3 ވަނަ: ޢައިޝަތު މަރީޝާ

2 ވަނަ: ޢާއިޝަތު ސުމާ

1 ވަނަ: މުޙައްމަދު އަލީފް


ގްރޫޕް މަދަހަ ކީސްޓޭޖް 1، 2

3 ވަނަ: ތަކުރުފާނު ހައުސް

2 ވަނަ: ދަންޑަހެލު ހައުސް

1 ވަނަ: އިއްޒައްދީން ހައުސް

ގްރޫޕް މަދަހަ ކީސްޓޭޖް 3، 4، 5

3 ވަނަ: އިސްކަންދަރު ހައުސް

2 ވަނަ: ދަންޑަހެލު ހައުސް

1 ވަނަ: އިއްޒައްދީން ހައުސް

މުޅި މުބާރާތުން ވަނަ ވަނަ އަށްދިޔަ ދަރިވަރުން

މުޅި މުބާރާތުން 3 ވަނަ: މުޙައްމަދު އަލީފް

މުޅި މުބާރާތުން 2 ވަނަ: އިޒްޔާން އަޙްމަދު އަޒިޔާދު

މުޅި މުބާރާތުން 1 ވަނަ: މުޙައްމަދު ރަފާޙް އަޙްމަދު

--------------------------------------------------------------------------------

މުޅި މުބާރާތުން 1 ވަނަ ހައުސް: ދަންޑަހެލު ހައުސް

މުޅި މުބާރާތުން 1 ވަނަ ގްރޫޕް ( ކީސްޓޭޖް 1، 2): އިއްޒައްދީން ހައުސް

މުޅި މުބާރާތުން 1 ވަނަ ގްރޫޕް ( ކީސްޓޭޖް 3، 4، 5): އިއްޒައްދީން ހައުސް

މިފަދަ ގިނަ އިތުރު ހަރަކާތްތަކަކީ ކުދިންގެ އެކި ހުނަރު ދައްކާލަން ލިބިގެން ދާ ފަހު ފުރުސަތު ތަކެކެވެ. އަދި ކުދިންގެ ހިތްތަކުގައި ދީނަށް ލޯބި އުފައްދާ ހެޔޮކަމުގެ މަގުގައިވެސް ފިޔަޖަހާ އުދުހިގަންނަން ހުޅުވާލެވޭ ފަހި މަގުތަކެއް ވެސް މެއެވެ. އުންމީދަކީ ދެން އަންނަ އަހަރު މިއަށްވުރެ ފުރިހަމަކޮށް މި މުބާރާތް ކުރިއަށް ދިޔުމެވެ. ދުޢާ އަކީ އަދަށްވެރެ ގިނަ ދަރިވަރުންތަެއް މި މުބާރާތުގައި ބައިވެރިވުމެވެ.


 

 

 

 

 

 


Copyright © 2025 Sofha News
Made with by Afeef & Noor