ލިޓަރަރީ ވީކުއަކީ އެސުކޫލުގައި އިންގުލިސް ކުލަބުގެ ފަރާތުން ހަފުތާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެކި އެކި ހަރަކާތްތަކެކެެވެ. މީގެތެރޭގައި މަޒުމޫނު ލިޔުމާއި، ވާހަކަލިޔުމާއި އިތުރު އެކިއެކި ލިޓަރަރީ ހަރަކާތްތަކުގެ އިތުރުން ޓެޑު ޓޯކު ޗެލެންޖެއްވެސް ވަނީ ބާއްވާފައެވެ. މި ޙަރަކާތުގައި ކުދިންގެ އިނގުލިސް އިން ވާހަކަދެއްކުމުގެ ހުނަރު ސުކޫލުގެ މާޒީއަށް ބަލާފައި ވަރަށް ކުރިއަރާފައިވާކަން ފާހަގަ ކުރެވެއެވެ. މިކަން މިގޮތަށް ވަނީ ޅައިރުންސުރެ މިހާރު ކާޓުނު، އަދި ޔޫޓިއުބު ވީޑއޯ ފަދަ އެއްޗެހި ބަލަމުން އަންނާތީ ކަމަށް ފާހަގަކުރެވެއެވެ.
އެޗްއާރު ވީކަކީ ކޮންމެ ދެހަފުތާއަކު އެއީ އެކި ކަހަލަ އަޚުލާޤީ ސިފަތަކަށް އަލިއަޅުވާލާ 'ޝާމިލުހިތަކުން' ގެ ޝިޢާރުގެ ދަށުން ގެންދިޔަ މަސެއްކަތްތަކެކެވެ. އޭގެ ތެރޭގައި އޯގާތެރި ކަމާއި ބެހޭގޮތުން ޕޯސްޓަރު ހެދުމާއި، ކައިންޑުނެސް ޖާރ ފަދަ ހަރަކާތްތަކުގެ އިތުރުން ކޮންމެ ދެހަފުތާއަކުން އެއް ހަފުތާގެ ބުރާސްފަތި ދުވަހު އެކި ކަންކަމާއި ބެހޭގޮތުން ވަހަކަދައްކާ މަސްވަރާކުރުމަށް ސާރކަލް ޓައިމްވެސް ވަނީ ގެންގޮސްފައެެވެ
