ރ.އަނގޮޅިތީމު ސުކޫލުގެ 2024/2023 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

Shahil Ali
ޝާހިލް އަލީ
5 މަސް ކުރިން
0 މިނިޓް

އަނގޮޅިތީމު ސުކޫލުގެ 2024/2023 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. 25 ޖޫން 2025 ވީ ބުދަ ދުވަހުގެ ރޭ ''ސަޤާފި'' ތީމްގެ ދަށުން ބޭއްވުނު މި ޖަލްސާގެ މައިގަނޑު މަޤްޞަދަކީ، 2023/2024 ވަނަ ދިރާސީ އަހަރުގައި އެކި ރޮނގުތަކުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެކިއެކި އިނާމުތައް ހަވާލުކުރުމެވެ. އެގޮތުން ކޮންމެ މާއްދާއަކުން އެންމެ މަތިން މާކްސް ހޯދި ދަރިވަރުންނަށް (ސަބްޖެކްޓް ޕްރައިޒް) އިނާމު ދިނުމުގެ އިތުރުން، ކޮންމެ ކުލާހެއްގައި އެންމެ މޮޅު ދަރިވަރުންނަށް (ކްލާސްޕްރައިޒް)ގެ އިނާމު ދެވިފައިވާއިރު، އެހެނިހެން ޚާއްޞަ އިނާމުތައް ވެސް ދެވިފައިވެއެވެ.

މި ޝަރަފުވެރި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހީމް ނަސީމްއެވެ. އޭނާ ވަނީ ދަރިވަރުންނަށް އަމާޒުކޮށް އަގުހުރި ނަސޭހަތް ދެއްވާ ކިޔެވުމައް ހިތްވަރުދެއްވާފައެވެ. މި ޖަލްސާގައި، އަވައްޓެރި ސްކޫލުތަކުގެ ޕްރިންސިޕަލުންގެ އިތުރުން، އިފުރު އައިލެންޑް ރިސޯޓުގެ އިސް މުވައްޒަފުންނާއި ރ.އަތޮޅު ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެފައެވެ. އަދި އަނގޮޅިތީމުގެ މުއައްސަސާ ތަކުގެ ބޭފުޅުންނާއި، ބޭކަނބަލުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންނާއި،  ސުކޫލުގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައިވެއެވެ.

މި އަހަރުގެ  ބެސްޓް އޯލް ރައުންޑަރ ހާސިލުކުރީ ރ.އަނގޮޅިތީމް ، ގުރީންލައިޓުގެއަށް ނިސްބަތްވާ ޢާއިޝަތު ނާޒްނީންއެވެ. ނާޒް ވަނީ މި ކާމިޔާބީއަށް ވާސިލުވުމަށް އެހީތެރިވެދެއްވި އެންމެނަށް ޝުކުރު އަދާކުރުމާއެކު، އަގުހުރި ނަސޭހަތުގެ ބަސްކޮޅެއް ދަރިވަރުންނަށް ދެއްވާފައެވެ.

މި ރަސްމިއްޔާތަކީ ދަރިވަރުންގެ ހީވާގިކަމާއި މަސައްކަތްތެރިކަން ފެނިގެން ދިޔަ ޙަފްލާ އެއްކަން ފާހަގަކުރެވެއެވެ.މި ޖަލްސާ ނިންމާލައިފައި ވަނީ ދުޢާައަކުންނެވެ. އަދި މީގެ އިތުރުންވަނީ މެހެމާނުންނާއި އެންމެހާ ބޭފުޅުނައް ޕީ.ޓީ.އޭ ގެ ފަރާތުން ފަރިއްކޮޅެއް ދެއްވާފައެވެ.

Copyright © 2025 Sofha News
Made with by Afeef & Noor